ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 09:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ޓްވިޓަރ
ރައީސް މައުމޫނުގެ ވެރިކަން
މައުމޫނަކީ ދިވެހިން ފިއްކަނޑައިގެންދާ ވަރަށް އަނިޔާކުރެއްވި ވެރިއެއް - ރައީސް ނަޝީދު
އަޅުގަނޑުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމު ގެންގޮސް ޖަލަކަށް ނުލައްވަން - ރައީސް ނަޝީދު
ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ބޭފުޅެއް - ރައީސް ނަޝީދު
ރާއްޖޭގައި ވެރިކަން ކުރާ ރައީސުން ޖަލަށްލުމުގެ ވިސްނުން ވެރިކަމަށް ވަޑައިގަންނަވާ ފަރާތްތަކުން ދޫކޮށްލައްވަންޖެހޭކަމަށް ނަޝީދު ވިދާޅުވި

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމަކީ، އެ މަނިކުފާނުގެ ވެރިކަމުގައި ރައްޔިތުން ފިއްކަނޑައިގެންދާވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ބޭއްވި "އާސްކް ސްޕީކާރ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މި ގައުމުގެ ވެެރިކަމުގައި ހުންނެވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމު ގެންގޮސް ޖަލަށް ނުލައްވާކަމަށެވެ. އަދި އެހެން ކަންކުރެއްވީ ރައީސް މައުމޫނުގެ ވެރިކަމުގައި އެ މަނިކުފާނަށް ނުކުރައްވައި އޮތުމުން ނޫންކަމަށް ވިދާޅުވެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން ވެރިންގެ ގޮތުގައި މިތިއްބެވި ދެތިން ހަތަރު ވެރިންނަށް ބެލިޔަސް، އެންމެނަކާ އަދި އަޅުގަނޑަކާ ގައެއް ނުވޭ. ރައީސް ޔާމީނަކާވެސް ގައެއް ނުވޭ. ދެން ކޮންމެވެސް ބަޔަކު ނަފުރަތުވެސް ކުރާނެ. ދެން ރައީސް ޔާމީން. އަޅުގަނޑު އަސްލު ވަރަށް ދެރަވޭ މި މައްސަލައިގަ. އަޅުގަނޑު ގެންގޮސް ޖަލަށް ނުލީނަމަ ރައީސް ޔާމީން. އަޅުގަނޑެއް ރައީސް މައުމޫނު ޖަލަކަށް ނުލަން. އެއީ އަކީ އަޅުގަނޑަށް ރައީސް މައުމޫނު ކަމެއް ނުކުރައްވާތީކީއެއް ނޫން. ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި ވެރިކަމެއް ތިރީސް އަހަރުގެ ދިގު ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް. ދިވެހިން ފިއްކަނޑައިގެންދާހާ އަނިޔާވެރި ވެރިކަމެއް.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެހެން ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި އެފަދަ ގޮތަކަށް ކަން ނުކުރައްވާ މަސައްކަތް ކުރެއްވީ، އެކަން އެމަގުން ނުދާނެ ގޮތަކަށް ތާރީހީ ފަތްފުއްތަކާ ހަމައަށް ގެންދެވޭނެ ހެޔޮ ވެރިކަމެއް ކުރިއަށްގެންދެވޭނެ ގޮތެއް ހޯއްދެވުމަށްކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް އެ މަނިކުފާނު ޖަލަށް ލެއްވެވިކަމަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ރައީސް ވަހީދު ޖަލަށް ލައްވަން ނޫޅުއްވާކަމަށެވެ.

އަޅުގަނޑަށް ދުވަސް ކޮޅަކު އެކަން ކުރެވުނު. އެހެން ނަމަވެސް އަޅުގަނޑުގެ ނައިބު ރައީސް ވެރިކަން ކުރަން ފަށައިފި. އެ ބޭފުޅާވެސް އަޅުގަނޑު ގެންގޮސް ޖަލަށް ލައިފި. ދެން އަދި އަޅުގަނޑަކު ނޫޅެން އަޅުގަނޑުގެ ނައިބު ރައީސް ޖަލަށް ލާކަށް.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމަށްފަހު ޖެހިގެން އައި އަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް އެ މަނިކުފާނު ގެންގޮސް ޖަލަށް ލެއްވި ކަމަށާއި މިގޮތަށް ފަހަރަކު ވެރިޔަކު ގެންގޮސް ޖަލަށް ލާހާ ދުވަހަކު، އެކަމަށް ހުއްޓުމެއް ނާންނާނެކަމަށެވެ. ނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވެލައްވަނީ އެކަމަށް ހުއްޓުމެއް ގެންނަންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، އެ މަނިކުފާނަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ތަފާތު އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެކަމުގައި ރައީސް މައުމޫނަށް ނުވަތަ ކުރީގެ އެއްވެސް ރައީސަކަށް ދައުވާއެއް ކުރުމަށް ނުވަތަ ހައްޔަރު ކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށްވެސް ރައީސް ނަޝީދު އަންނަނީ ވިދާޅުވަމުންނެވެ.

- ކޮމެންޓް
8 ޑިސެންބަރ 2020 | އަންގާރަ 09:24
އިބުނު ސީނާ
ކުއްކުރީމަ ޖަލަށް އެލަނީ، ވެރިކަން ކުރީމަ އޭގެ މާނަޔަކީ އެވެރިކު ކުއްވެރި ވާފަދަ އެއްވެސް ކަމެއް ނުކުރާނެޔޭތަ؟
8 ޑިސެންބަރ 2020 | އަންގާރަ 09:21
އައްދޭ
މައުމޫން ޖަލަށްލާން ނަޝީދު މަސައްކަތް ނުކުރާކަމަށް ބުންޏަސް ގަބޫލެއްނުކުރަން މަދުބަޔަކަށް ނަޝީދަކީ ކާކުކަން އޮޅިގެން އުޅެނީ. މައުމޫން ޖަލަށް ނުލެވުނީ ޝަރުއީ ކޯޓުތަށް މުށުތެރޭގައި ނެތީމައި އިގޭތޯ