ރާއްޖޭގެ އެއަރޕޯޓުތަކުގައި ސެކިއުރިޓީންގެ ގޮތުގައި ތިބޭ އޭވިއޭޝަން ސެކިރިޓީ އޮފިސަރުން، އެތެރޭގެ އުދުހުންތަކުގައި ދަތުރުވެރިންގެ މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނަމުންދާނެ ކަމަށް ބުނެފިއެވެ.
އޭވިއޭޝަން ސެކިރިޓީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން މިދާ ދުވަސްވަރުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ގައިޑްލައިންތަކުގައި ވާގޮތަށް އެއަރޕޯޓްގެ ސެކިއިރިޓީ ޕޮއިންޓްތަކުން މުއްދަތު ހަމަވެފައިވާ ދިވެހިންގެ އައިޑީކާޑުތައް ވެރިފިކޭޝަންގެ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މިގޮތަށް އަމަލު ކުރަމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެފަހުން އެއްމަސް ދުވަހުގެ މުއްދަތެއް އިތުރު ކުރުމަށްފަހު ޖުލައިން މަހުގެ ނިޔަލަށް ތާރީހު ބަދަލު ކުރިއެވެ. އަދި އޭގެ ފަހުން އޮގަސްޓު މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ނުވާތީ މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް އެ މުއްދަތު މިވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.
މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް، އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅޭނެ ކަމަަށް ޑީއެންއާރުން ބުނެއެވެ.