ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 13:22
އާ ހާބަރު ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތަކެއްގައި އަލިފާން ރޯވި ހާދިސާ މިނިސްޓަރ މާރިޔާ ބައްލަވާލައްވަން
އާ ހާބަރު ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތަކެއްގައި އަލިފާން ރޯވި ހާދިސާ މިނިސްޓަރ މާރިޔާ ބައްލަވާލައްވަން
ރާއްޖެއެމްވީ
މިނިސްޓްރީ އޮފް ޑިފެންސް
މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ މުއައްސަސާތަކަށް މިނިސްޓަރ މާރިޔާގެ ޝުކުރު
މިނިސްޓްރީއަށް މިގޮތަށް އަންގާފައިވަނީ މަޖިލީހުގެ 241 ކޮމިޓީން ފޮނުވި ސިޓީގައި
މިނިސްޓަރ ވިދާޅުވީ މިހާ ފުރިހަމައަށް މަސައްކަތް ކުރެވުނީ ރައީސް ޞާލިޙާއި ކެބިނެޓުގެ އެއްބާރުލެއްވުމާއެކު
މިނިސްޓްރީން ރަނގަޅުކުރަންޖެހޭ ވަކިކަމެއް ފާހަގަކުރެއްވިފައި ނުވާކަމަށް ކޮމިޓީގެ ސިޓީގައިވޭ

މިދިޔަ 2019 ވަނަ އަހަރު އަހަރު، މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތައް ހިންގާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަކޮށްފައިވާތީ އެ މުއައްސަސާތައް ހިންގެވުމާ ހަވާލުވެ ތިއްބެވި ވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ، ޝުކުރު އަދާކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓްރީ އޮފް ޑިފެންސްއާއި، މިނިސްޓްރީގެ ދަށުން ހިންގާ ފަސް މުއައްސަސާއާ ގުޅޭ އެންމެހާ ކަންކަން، ހިންގާފައިވަނީ ރަނގަޅަށްކަމަށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އަންގާފައިވަނީ މިނިސްޓަރަށް ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީއާއި ގުޅިގެން މިނިސްޓަރ މާރިޔާވަނީ، ހުރިހާ މުއައްސަސާއެއްގެ މަސައްކަތް މިހާ ފުރިހަމަކޮށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ކެބިނެޓުގެ އެއްބާރުލެއްވުމާއެކުގައި ކަން ފާހަގަކުރައްވާފައެވެ.

މަޖިލީހުން މިނިސްޓަރަށް ފޮނުއްވި ސިޓީގައި ވަނީ މިނިސްޓްރީ އޮފް ޑިފެންސްއާއި އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ މުއައްސަސާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރުމަށްފަހު އެ ރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތުތަކާއި ކަންކަމުގެ ތެރެއިން އިޞްލާހްކުރަންޖެހޭ ވަކިކަމެއް އެ ކޮމެޓީއަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި އެ މުއައްސަސާތަކުގެ ކަންކަން އެ އަހަރު ހިންގާފައިވާ ގޮތް ރަނގަޅުކަމަށް އެ ކޮމިޓީއަށް ފާހަގަ ކުރެވޭކަމަށެވެ.

- ކޮމެންޓް