ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 09:09
އަދާލަތު ޕާޓީގެ އެކި މަގާމުތަކުގައި ތިއްބަވާ އެ ޕާޓީގެ އިސްވެރިން
އަދާލަތު ޕާޓީގެ އެކި މަގާމުތަކުގައި ތިއްބަވާ އެ ޕާޓީގެ އިސްވެރިން
ރާއްޖެ އެމްވީ
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު
ކޮވިޑް-19 އާ ގުޅިގެން މިފަހަރު އަދާލަތު ޕާޓީގެ އިންތިހާބު ބާއްވަނީ އޮންލައިންކޮށް
 
މޯބައިލް ރަޖިސްޓްރޭޝަނަށް މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައި
 
ވޯޓްލާ ކޮންމެ ފަރާތެއްގެވެސް މޯބައިލް ނަންބަރު ބޭނުންކުރަން ޖެހޭނެ
 
އަދާލަތު ޕާޓީގެ އިންތިހާބު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު

ކޮވިޑް-19 އާ ގުޅިގެން އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 19 ވަނަ ދުވަހު އޮންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ. އަދި ބުނީ އޮންލަައިންކޮށް އެ ޕާޓީގެ އިންތިހާބު ބާއްވަން ނިންމީ މިދުވަސްވަރު ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އެއީ އެންމެ ރައްކާތެރި ގޮތްކަމަށް ފެންނާތީކަމަށެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެއް ދާއިރާއަކަށް އެއް ކެނޑިޑޭޓަކަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަމައެކަނި މައްޗަންގޮޅި މެދު ދާއިރާއަށް ކަމަށެވެ. އެހެންކަމުން އޮންލައިކޮށް ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި އެ ދާއިރާއަށް ކަަމާއި ވޯޓުލުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގައިކަމަށް ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނީ އިންތިހާބުގައި އޮންލައިންކޮށް ވޯޓްލާ ކޮންމެ ފަރާތެއްގެ މޯބައިލް ނަންބަރު ބޭނުންކުރަން ޖެހޭނެކަމަށެވެ. އެގޮތުން ވޯޓްލުމަށްޓަކައި ބޭނުންކުރާނެ މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންނަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މޯބައިލް ރަޖިސްޓްރޭޝަނަށް މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފޯމާއި ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހެނީ އީމެއިލް ނުވަތަ ވައިބަރ މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް