ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 10:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުނ
އާންމު ގަވާއިދުތަކުގެ ގާނޫނުގައިވާ ބައެއް ގަވާއިދުތަކަށް އަމަލުކުރުން 13 ވަނަ ފަހަރަށް ފަސްކޮށްފި
 
2 ގަވާއިދެއް އުނިކުރުމަށާއި 21 ގަވާއިދަކަށް އަމަލުކުރާ މުއްދަތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައި
 
ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް
 
ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ވޯޓުން

އާންމު ގަވާއިދުތަކާއި ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 13 ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފިއެވެ.

މި ފަހަރު މި ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި މައްސަލަ ދިރާސާކުރި ގަވާއިދު ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންވަނީ ރިޕޯޓް ފާސްކޮށްފައެވެ.

ކޮމިޓީންވަނީ ދެ ގަވާއިދެއް އުނިކުރުމަށް ހުށަހަޅާފައެވެ. އަދި ޖަދުވަލް 1 ގައި ހިމެނޭ 18 ގަވާއިދެއް އަދި ޖަދުވަލް 2 ގައި ހިމެނޭ 3 ގަވާއިދެއް ހިމެނޭގޮތަށް ޖުމްލަ 21 ގަވާއިދަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް ކޮމިޓީންވަނީ ނިންމާފައެވެ.

މިއީ މިހާރު އަމަލުކުރަމުން އަންނަ އައު ޤާނޫނު އަސާސީ އައުމާއެކު ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުތަކަށް އަމަލުކުރުމުގެ ޤާނޫނީ ބާރެއް ދިނުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް އަމަލުކުރަމުން އަންނާނީ އެގަވާއިދަކާއި ގުޅުންހުރި ޤާނޫނެއް ވުޖޫދުވަންދެންނެވެ.

އެގޮތުން މީގެކުރިން 12 ފަހަރެއްގެ މަތިން މަޖިލީހުން ވަނީ މި ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. އެންމެ ފަހުން މުއްދަތު ހަމަވާން އޮތީ މި ހިނގާ ޑިސެމްބަރ މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް