ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 09:04
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރަން ހާއްސަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުން
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރަން ހާއްސަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުން
ރާއްޖެއެމްވީ
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުން
ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި މުއައްސަސާތައް އެކުގައި މަސައްކަތްކުރުމަށް ފާސްކޮށްފި
 
2009 މީހަކު ވަނީ ޕެޓިޝަންގައި ސޮއިކޮށްފައި
 
ކޮމިޓީން ވަނީ 3 ހުށަހެޅުމެއް ހުށަހަޅާފައި
 
ރިޕޯޓް ފާސްކޮށްފައިވަނީ 59 މެމްބަރުންގެ ވޯޓުން

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ގިނަ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުމުން ނޫނީ އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލްވެވޭނެ ކަމެއް ނޫންކަމުން، އެންމެން އެކުގައި މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ މި ރިޕޯޓަކީ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިކްލީލާ ޙަމީދު ހުށަހަޅުއްވާފައިވާ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ. މި ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

"އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށްއެދި ހުށަހަޅާފައިވާ ޕެޓިޝަން" އާ ގުޅޭގޮތުން ހުށަހަޅާފައިވާ މިޕެޓިޝަން ކޮމިޓީން ދިރާސާކުރުމަށްފަހު ތިން ކަމެއް ވަނީ ހުށަހަޅާފައެވެ.

ކޮމިޓީން ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ގިނަ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުމުން ނޫނީ އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލްވެވޭނެ ކަމެއް ނޫންކަމުން، އެއް މުއައްސަސާއަކުން ހޯދާ މަޢުލޫމާތުތައް އަނެއް މުއައްސަސާތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މުޢާމަލާތް ކުރެވޭނެ އިންތިޒާމެއް ޤާއިމްކުރުމަށް ހުށައެޅުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ދެވޭ އަނިޔާތައް ފެށެނީ އާއިލާގެ ތެރެއިންނާއި އެ ކުދިން އުޅޭ މާޙައުލުގެ ތެރެއިންކަމަށާއި، އެ ކުދިން ސަލާމަތްކުރެވޭނީ މުޖްތަމައުގެ ފަރުދުން ހޭލުންތެރި ކުރުވައިގެންކަމަށް ކޮމިޓީ ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިފަދަ އަނިޔާ ލިބޭ ކުދިން ދެނެގަނެ، މިފަދަ ޢަމަލުތައް ރިޕޯޓްކޮށް އެ ކުދިންނާ ދޭތެރޭ އެހެން ފަރުދުންގެ ޢަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގުމަކީ މުހިއްމު ކަމެއްކަމަށްވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންނަކީ އެހެން ފަރުދުންގެ އެހީއާއި މަދަދަށް އަބަދުމެ ބަރޯސާވެފައިވާ ބައެއްކަމަށް ޕެޓިޝަން ކޮމިޓީގެ ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. އަދި އަނިޔާގެ ޝިކާރައަކަށް ކުޑަކުއްޖަކު ވެއްޖެނަމަ ރިޕޯޓްކުރާނެ ފަރާތްތަކާއި އެފަދަ ޢަމަލުތައްކުރާ ފަރާތްތަކާ ދުރުހެލިވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޕްރޮގްރާމްތައް ހިންގުމަށް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

އެގޮތުން ސްކޫލްތަކާއި، ހޮސްޕިޓަލްތައް އަދި ކައުންސިލްތައް މެދުވެރިކޮށް، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި މިފަދަ ޕްރޮގްރާމް ހިންގިދާނެ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ޕްރޮގްރާމްތަކަކީ ވަކި ޢުމުރުފުރައެއް ނެތި، ޕްރީ ސްކޫލްއިން ފެށިގެން ހަޔަރ ސެކެންޑްރީ އެޑިއުކޭޝަން ޙާޞިލް ކުރާ ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމްތަކަށް ހެދުމާއި، އިންޓަރނެޓް ޒަރީޢާއިން ކުރިމަތިވާ އަނިޔާތައްވެސް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނުމަށްވެސް އެ ކޮމިޓީންވަނީ ހުށައަޅާފައެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ކުޑަކުދިންގެ ޙައްޤުގައި ބަސްބުނެ، އެކުދިންގެ އަޑު، އެންމެހާ މުއައްސަސާތަކަށް އިއްވައި، ކުޑަކުދިންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާއި އެކު މިހާރުވެސް އެކިކަހަލަ އަނިޔާ ލިބެމުންދާ އަދި ނުރައްކަލަށް ހުށައެޅިފައިވާ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރުމުގެ މަގްސަދުގައެވެ. 2009 ފަރާތެއްގެ ސޮޔާއެކު މި ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަން ހުށައެޅީ 13 ފެބްރުވަރީ 2020 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް