ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 08:59
ޤާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ޤާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލަ
ގާސިމް މަރާލިކަމަށް ތުހުމަތުކުރެވޭ އަދުހަމްގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
 
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމުން އަދުހަމްވަނީ ކުށަށް އިއުތިރާފް ވުމަށްފަހު، އެ އިއުތިރާފް އަނބުރާ ގެންގޮސްފައި
 
އަމިއްލަށް ވަކީލެއް ހޯދަން އެދުނީ ދައުލަތުގެ ފަރާތުން ހަމަޖެއްސި ގާނޫނީ ވަކީލު ބޭނުންނުވާކަމަށް ބުނެ
 
އެންމެފަހުން ބޭއްވި އަޑުއެހުމާ ހަމައަށް އަދުހަމަށް ގާނޫނީ ވަކީލެއް ހަމައެއް ނުޖެހޭ

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން (59އ) މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21އ) ގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެންމެފަހުން މިމައްސަަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ. އޭގެފަހުން 25 ނޮވެމްބަރުގައި އަޑުއެހުމެއް ތާވަލްކުރިނަމަވެސް، ފަހުން އެ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.

ކުރިއަށް ގެންދެވުނު އަޑުއެހުމުގައި އަދުހަމް ވަނީ އޭނާއަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ޖަލުގައި އޮންނަންޖެހޭތީ ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެފައެވެ. އަދުހަމް ބުނެފައިވަނީ "ކޮތަރު ކޮއްޓެއްގައި އޮންނަންޖެހޭއިރު" ވަކީލަކު އައްޔަނު ކުރަން ދަތިވާނެކަމަށެވެ. އަދި މިހާރު ވަކީލަކާ ނުލައިވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސް ކަމަށާއި، ނަމަވެސް ދައުވާއާ ގުޅޭ ހުރިހާ ލިއެކިއުންތައް ބޭނުންވާކަން އަދުހަމް ފާހަގަކުރިއެވެ.

އެއާއެކު ގާޒީވަނީ ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތެއް ބޭނުންވޭތޯ އަދުހަމާ ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން އަދުހަމުވަނީ މި ވަގުތު ވަކީލެއް ބޭނުންނުވާކަމަށާއި، މައްސަލައިން ދިފާއުވުމަށް އަމިއްލައަށް ވާހަކަދެއްކޭނެކަމަށް ބުނެފައެވެ.

މި މައްސަލައިގައި ގާޒީއާއި ދައުލަތުން ފާހަގަކުރި ކަންކަމަށްފަހު އަދުހަމް ވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގާޒީވަނީ އެ ފުރުސަތު ދޭން ނިންމަވާފައެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި އެންމެފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމްވަނީ ގާސިމް މަރާލިކަމަށް އެއްބަސްވެ، ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުގައި އަދުހަމްވަނީ، ކުރިން ވެފައިވާ އިއުތިރާފް އަނބުރާ ގެންގޮސް، ދައުވާއަށް އިންކާރު ކޮށްފައެވެ.

އެހެންކަމުން އަވަސް ނިޔާގެ ޝަރީއަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައްވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ. އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހުވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތްކުރިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އީރާނުގެ ވަގުތީ ރައީސްގެ މަގާމަށް މުހައްމަދު މޮޚްބާރް އައްޔަން ކުރައްވައިފި
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑުވަޒީރު ކާމިޔާބު ކުރައްވައިފި
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާޒްގެ އުމްރާވެރިން ކާމިޔާބުކަމާއެކު އުމްރާ ދަތުރު ނިންމާލައިފި
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި