ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 23:58
ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު ޕޮޒިޓިވްވީ 39 މީހުން
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2،267 މީހުންގެ ގައިން ކޮވިޑްގެ ސާމްޕަލް ނަގައިފައިވޭ
މާލޭ ސަރަހައްދުން 37 މީހަކު ވަނީ ޕޮޒިޓިވްވެފައި
ރާއްޖެއިން މިހާތަނަށް 13،198 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 39 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 2،267 މީހުންގެ ގައިން ކޮވިޑްގެ ސާމްޕަލް ނަގައިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 39 މީހުންނެވެ.

މާލޭ ސަރަހައްދުން 37 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރެއިން ޕޮޒިޓިވެވެފައިވަނީ އެންމެ މީހެކެވެ. އަދި ސިނާއީ ރަށަކުން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި 39 މީހުންނާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 823 އަށް އަރައިފައެވެ. އޭގެތެރެއިން 71 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 13،198 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 12،321 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި ރާއްޖެއިން 47 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް