ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 17:39
ނ. މަނަދޫ
ނ. މަނަދޫ
މަނަދޫ ކައުންސިލް
މަނަދޫ ކައުންސިލް ޖޫރިމަނާކުރުން
ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައިގައި މަނަދޫ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައި
މަނަދޫ ކައުންސިލް ޖޫރިމަނާ ކުރީ އާދިއްތަ ދުވަހު

ނ.މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެރަށު ކަމުންސިލް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

އެކަމަށް ރިޢާޔަތްކޮށް ޖުމްލަ 20،000 (ވިހި ހާސް) ދިވެހި ރުފިޔާއިން މަނަދޫ ކައުންސިލް އިދާރާ ވަނީ އާދިއްތަ ދުވަހު ޖޫރިމަނާ ކުރެވިފައި ކަމަށެވެ.

އަދި މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

- ކޮމެންޓް