ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 07:17
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް، 18ށް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް، 18ށް
ވެލާނާ އެއާޕޯޓް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް
ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން އައީ ޑިސެމްބަރު 5 ވަނަ ދުވަހު
ހޮނިހިރު ދުވަހު 2900 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައި
މަހުންމަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަންނަނީ އިތުރުވަމުން

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ހޮނިހިރު ދުވަހުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވަމުން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު 2900 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. މިނިސްޓަރ ވަނީ މި ކާމިޔާބީއަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުޚަބާ ވިދާޅުވެފައެވެ.

މީގެއިތުރުން 20 ހަފްތާ ތެރޭގައި ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ސުމަކުން ތިންހާހަށް އިތުރުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ މިކަމަށްޓަކައި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެކުރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 500،000 ފަތުރުވެރިންގެ އަމާޒަށް ވާސިލްވާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައިވަނީ، ނިމިދިޔަ އަހަރާ އަޅާކިޔާއިރު ގިނަ މާކެޓްތަކުން އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި މިސްރު (%40+)، ކަޒަކްސްތާން (%24.4+)، ރަޝިއާ (%5+) ގެ އިތުރުން ބްރެޒިލް (%2.9+) އަދި ޔުކްރެއިން (%0.9+) މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަނެއްކޮޅުން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ޑިސެމްބަރ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 82,902 ށް އަރާފައެވެ.

ޖުލައި މަހު ބޯޑަރު ހުޅުވާލިފަހުން 1,701 ފަތުރުވެރިން ރާއްޖެ އައިރު، ޖެހިގެން އައި އޮގަސްޓް މަހު 7,628 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ސެޕްޓެމްބަރ މަހު 9,538 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޮކްޓޫބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 21,515 ފަތުރުވެރިންނަށް އިތުރުވެފައެވެ.

ޑިސެމްބަރ މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް ރާއްޖެއަށް 6,761 ފަތުރުވެރިން ވަނީ އައިސްފައެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ޖެނުއަރީ މަހުން ފެށިގެން އަހަރުގެ މިހާތަނަށް 465,749 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

- ކޮމެންޓް