މާފަންނު މަދަރުސާއިން ނަގަމުންއައި ރިލީސް ސާމްޕަލް ނެގުން ފްލޫ ކްލިނިކުން ނަގާގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 6 ޑިސެންބަރ 2020 ފެށިގެން ކުރިން މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މާލެ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތުގައި ކަމަށެވެ.
ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 1:00 އަށް އަދި ހަވީރު 5:00 ން ރޭގަނޑު 9:00 އަށެވެ.
އަދި ހުކުރު ދުވަހު ސާމްޕަލް ނަގާނީ ހަވީރު 5:00 ން ރޭގަނޑު 9:00 ށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގެ ކަންކަން މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ މާފަންނު މަދަރުސާގައެވެ.