ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 21:09
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް މާންދޫގެ ބަނދަރު ސަރަހައްދު
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް މާންދޫގެ ބަނދަރު ސަރަހައްދު
ހޮރައިޒަން ފިޝަރީޒް މޯލްޑިވްސް
ހޮރައިޒަން އިން މަސްގަތުން ކޮންޓްރޯލް ކުރުން
ހޮރައިޒަން ފިޝަރީޒުން މަސް ގަތުން ކޮންޓްރޯލް ކޮށްފި
ހޮރައިޒަން އިން ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުވެސް މަސްގަތުން ކޮންޓްރޯލްކޮށްފަ

މާންދޫގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެން ފެށުމާއެކު ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފިއެވެ.

ހޮރައިޒަން އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ ބޮޑެތި އަދަދުތަކުން މަސްބާނައިގެން ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރު މާންދުއަށް އަންނަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާންދޫގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ނުނެގުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއެކު، މަސް ބާނައިގެން އަންނަ ބައެއް ދޯނި ފަހަރުން މަސް ނުކިރާ ފޮނުވާލަންޖެހޭ ކަމަށެވެ. އަދި އެކަން ހައްލުކޮށް ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން އެކުންފުނިން މަސްގަންނާނީ ދޯންޏަކުން ގިނަވެގެން 10 ޓަނުގެ މަސް ކަމަށް ހޮރައިޒަންއިން ބުނެއެވެ.

ހޮރައިޒަން އިން މަސްގަތުން ކޮންޓްރޯލް ކުރިއިރު ފެލިވަރުން މަސްކިރަނީ ނަމްބަރު ދޫކޮށްގެން ނަމްބަރު ތަރުތީބުންނެވެ. ނަމްބަރު ނަގައިގެން 5 ވަރަކަށް ދުވަހު މަސް ކިރަން ކިޔުގައި ތިބެންޖެހޭކަމަށް މަސްވެރިން ބުނެއެވެ.

ހޮރައިޒަން ފިޝަރީޒުން ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުވެސް މަސްގަތުން ކޮންޓްރޯލްކޮށްފައެވެ.

- ކޮމެންޓް