ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 21:02
އެޗްޕީއޭގެ ޓީމަކުން ހަރަކާތްތެރިވަނީ
އެޗްޕީއޭގެ ޓީމަކުން ހަރަކާތްތެރިވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއް މަހަށް އިތުރުކޮށްފި
އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މާޗް މަހު
ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ވަނީ ދަށަށް ދާން ފަށާފައި
ބަލިފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް: އެޗްޕީއޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 10 ވަނަ ފަހަރަކަށް އިތުރުކުރީ ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެން 12 މާރޗުގަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް އަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވާއިރު ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ ކޭސްތައް އުޅެނީ 30 އިން ދަށުގައެވެ.

- ކޮމެންޓް