Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 01:28
ޔާމީންގެ މަރާގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް
ޔާމީންގެ މަރާގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް
ޕޮލިސް
ޔާމީންގެ މަރު
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފުޅާދާއިރާއެއްގައި ދަނީ ކުރެވެމުން
ޚަބަރާއި ވީޑިއޯ އަދި ތަސްވީރު، މީޑިއާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކުރަން

ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

 

ފުލުހުން ބުނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރެވެމުންދާއިރު، މި ނާޒުކު ވަގުތުގައި، އެ ހާދިސާއާއި، ގުޅޭގޮތުން އެކިއެކި ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ޚަބަރާއި މައުލޫމާތު މީޑިއާގެ ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކުރުމުން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއަށް އަސަރުކުރާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

އެހެންކަމުން މިފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު، މީޑިއާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން މިހެން ބުނެފައިވާއިރު، ތަހުގީގައް ހުރަސް އެޅެނީ ކޮންކަހަލަ މައުލޫމާތެއް ހާމަކޮށްގެން ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހެއްގެ ފޮޓޯ އާއްމުކޮށް އެދެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

 ތޫނު އެއްޗަކުން ހަމަލާދީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު މ. ސްޕެޓިއުލާގޭގެ ސިޑިކައިރިން މި ދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
26 އޭޕްރިލް 2017 | ބުދަ 10:16
Foni foni
Dhen media aa thakah mauloomathu nudhey eyrun huraheh nalene
26 އޭޕްރިލް 2017 | ބުދަ 09:07
Cctv
mashah shakku kuni lorry ah ves.. ethaa ga head light nivvaalaagen magu bandhu kuraa kah othumuge baynumeh neiy..