ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 15:39
މޫސުން ގޯސް ދުވަހަކު ކަނޑު މަތީ ދަތުރު ކުރަމުން ގެންދިޔަ އުޅަނދެއް
މޫސުން ގޯސް ދުވަހަކު ކަނޑު މަތީ ދަތުރު ކުރަމުން ގެންދިޔަ އުޅަނދެއް
ރާއްޖެއެމްވީ
މޫސުމާއި ބެހޭ ގައުމީ އިދާރާ
މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރިފައިވަނީ 15:00 އިން ފެށިގެން 20:00 އާއި ހަމައަށް
ގަޑިއިރަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ
ވިލާ ގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވެ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވައިޓް އެލާޓް މުސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރެފައިވަނީ އެ ސަރަހައްދުގެ މޫސުން ގޯސްވެ ގަޑިއިރަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާ ގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. އެހެންކަމުން މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އެދިފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރިފައިވަނީ 15:00 އިން ފެށިގެން 20:00 އާއި ހަމައަށް ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެންވާ ކަމެއްކަމަށް އެއިދާރާއިން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް