ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 13:17
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ރައީސް އޮފީސް
ދަރުމަވެރިންގެ ދުވަސް
ދަރުމަވެރިންގެ މަތިވެރި ސިފައިން ޒީނަތްތެރިވުމަށް ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރަން: އިމްރާން
ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސައް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް
އެއީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއް
އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމަކީ ގައުމު އަމާން އައްސޭރިއަކަށް ވާސިލްވުމަށް މުހިންމުކަމެއް

ދަރުމަވެރިންގެ މަތިވެރި ސިފައިން ޒީނަތްތެރިވުމަށް ހުރިހާ ޒުވާނުންނަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަހުގެ މުނަސަބާއި ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސައް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އުފާފާގަތިކަމާއި ބަދަހިކަން އިތުރުކޮށްދޭކަމަށެވެ.

ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއްކަމަށާއި މިމާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް ޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު ދިރުވައި އާލާކުރުމަށް ހުރިހާ އެންމެވެސް އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމަކީ ގައުމު އަމާން އައްސޭރިއަކަށް ވާސިލްވުމަށް މުހިންމުކަމެއް ކަމަށެވެ. މުޖްތަމައުގެ އުފަލަށްޓަކައި ދަރުމަވެރިއްގެ ގޮތުގައި ކޮންމެ ދުވަހަކު އަމިއްލަ އެދުމުން އެއްކިބާވެ، އެހީތެރިކަން ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އަމިއްލަ އުފަލެއްގެ ގޮތުގައި ހެދުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

- ކޮމެންޓް