Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 00:03
ޔާމީންގެ މަރާގުޅިގެން ހޯދަން ބޭނުންވެގެން ފުލުހުން އާއްމުކުރި މީހާގެ ފޮޓޯއެއް
ޔާމީންގެ މަރާގުޅިގެން ހޯދަން ބޭނުންވެގެން ފުލުހުން އާއްމުކުރި މީހާގެ ފޮޓޯއެއް
ޕޮލިސް
ޔާމީންގެ މަރާގުޅިގެން
ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ
ފޮޓޯ އިން ފެންނަނީ ޒުވާން ފުރައިގެ ދެ މީހުން
މިމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭ
ފުލުހުންނަށް މިއީ ކޮން ބައެއްކަން އެނގޭ

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން އަންގާރަދުވަހު ހަވީރު އާއްމުކުރި ވީޑިއޯގައި ޔާމީން ދިރިއުޅޭ ގޭގެ ބޭރު ދޮރުން ދެމީހަކު އެތެރެއަށް ވަންނަ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ މި ސީސީޓީވީ ފުޓޭޖަކީ ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށެވެ. 

ޔާމީންގެ މަރުގެ މައްސަލައާއިގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ޔާމީން ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 2:59 ހާއިރު ކަމަށެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު ޔާމީން އޮތް ތަނަށް ގޮސް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށްވެސް ވިދާޅުވި އެވެ.

 

ނަވާޒް ވިދާޅުވީ މިމައްސަލާގައި ބޭނުންވާ މުހިއްމު ހެކިތަކެއް ލިބި ބައެއް ފިޒިކަލް ސާމްޕަލް ވެސް ލިބިފައިވާ ކަމަށެވެ. އަދި މިމައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށްވެސް ނަވާޒް ވަނީ އެދިވަޑައިގެންފަ އެވެ.

 ފުލުހުން ބުނީ މި ވީޑިއޯގައި ފެންނަ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.

ބޮޑެތި ޒަޚަމް ތަކަކާއިއެކު ގައިގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޔާމީން ރަޝީދު، މަރާލާފައި އޮއްވާ ފެނުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ ގޭގެ ސިޑި ގޮޅިންނެވެ.

ޔާމީންގެ ހަށިގަނޑަށް ތޫނު އެއްޗަކުން ބޮޑެތި ޒަހަމުތަކެއް ދީފައިވާއިރު، އޭނާގެ މޭމަތީގައި އެކަނިވެސް 14 ތަނަކަށް ވަޅިހަރައި ވަރަށް ފުން ޒަހަމްތަކެއް ދީފައި ހުރި ކަމަށް ޔާމީންގެ ބައްޕަ ރާއްޖެޓީވީއަށް ކިޔައިދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
27 އޭޕްރިލް 2017 | ބުރާސްފަތި 07:26
ސައީދު
ދިވެހިފުލުހުންނައްވާނީހަމައެންމެކަމެއް ސިޔަސީ މީހުން ފަހާދުވުން މީހުންގެލޮލައް ޕޭޕަރސްޕްރޭޖެހުން
27 އޭޕްރިލް 2017 | ބުރާސްފަތި 07:24
ސައީދު
އަމާބުނީތީ ފަރައްދައުސޫލުން ދހިވެހިފުލުހުންކަންކުރަނީ
27 އޭޕްރިލް 2017 | ބުރާސްފަތި 07:22
ސައީދު
މިއައްވުރެރަނގަޅުވާނެ އެމީހުނގެ ހިޔަނީގެ ފޮޓޯއެއްޢއްމުކޮއްފަ ބުނިނަމަ