ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 19:26
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާ
އެމްއެމްސީ
އެމްއެމްސީގެ އިންތިހާބުގެ ވަގުތީ ނަތީޖާ
އެމްއެމްސީގެ އިންތިހާބު: ހޮވުނު މެންބަރުންނަކީ މިއީ!
ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު
ވަގުތު ހަމަވީއިރުވެސް ވޯޓުލާން ކިއުގައި ގިނަ ބަޔަކު ތިބުމާއިއެކު އެފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވޭ
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގެ ވޯޓުލުން ނިންމާ، މީޑިއާތަކުންނާއި އާއްމުންގެ ތެރެއިން ބަޔަކު އިންތިހާބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައި ހޮނިހިރު ދުވަހުގެ ހެނދުނު 11:00ން 12:00ށް، ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ވަގުތު ހަމަވީއިރުވެސް ވޯޓުލާން ކިއުގައި ގިނަ ބަޔަކު ތިބުމާއިއެކު އެފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބަކީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވުމާއެކު އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާފައިވާ އިންތިހާބެކެވެ.

އެގޮތުން މީޑިއާގެ މެންބަރުކަމަށް އަލީ ހުސައިން (152 ވޯޓު)، މުޢިއްޒު އިބްރާހިމް (99 ވޯޓު)، އާދަމް ނަވާޒް (92 ވޯޓު) ގެ އިތުރުން ހަސަން ޝާކިރު މުުހައްމަދު (88 ވޯޓު)، އާދަމް ނަޒީރު (97 ވޯޓު)، ޝަހުބާން ފަހުމީ (94 ވޯޓު) އަދި ހުސައިން ޘަގީފް (97 ވޯޓު) ވަނީ އިންތިހާބު ވެފައެވެ.

އަދި އިންތިހާބުވި އާއްމު މެންބަރުންނަކީ އަންވަރް ހުސައިން (112 ވޯޓު)، އިބްރާހިމް ފައުޒީ (99 ވޯޓު)، ޝަފާތް ހަބީބް (83 ވޯޓު) ގެ އިތުރުން މުހައްމަދު ޝަފާއު ހަސަން (82 ވޯޓު)، ފާތިމަތު އަހުމަދު (142 ވޯޓު) އަދި އަހުމަދު މޫސާ (90 ވޯޓެ)ވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 6 މެންބަރުންގެ މައްޗަށެވެ.

މިފަހަރުގެ މީޑިއާ ކައުންސިލްގެ އިންތިހާބުގައި 29 ފަރާތަކުން ކުރިމަތިލާފައިވާއިރު، މި އިންތިޚާބުގައި މީޑިއާގެ މެންބަރުކަމަށް 15 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށް 14 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

- ކޮމެންޓް