Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 23:34
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުން
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުން
ރާއްޖެ އެމްވީ
އެމްޑީޕީ
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި
ޔާމިން ރަޝީދުގެ މަރާއި ބެހޭ މައުލޫމާތު ހިއްސާކުރި

ރާއްޖޭގެ ސިޔާސީ މަސްރަހާއި އަދި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ މައުލޫމާތު ހިއްސާ ކުރަން އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާއަށް ޒިޔާރަތްކޮށްފި އެވެ. 

 

އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާއަށް ދިޔަ ވަފުދުގައި އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުންތަކުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

 

ސްރީ ލަންކާގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެމުން ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނާއި ހިލާފް ކަންކަމުގެ މައުލޫމާތު ބޭރުގެ ޑިޕްލޮމެޓުންނާއި ހިއްސާކޮށްފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ޖަލަށް ލައި ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ބޭރުން އެބޭފުޅުންނަށް ހުކުމް ކުރަމުންދާ ކަންކަމާއި ގުޅިގެންވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. 

 

ރާއްޖޭގެ ރައްޔިތުން މިސަރުކާރުން މިދަނީ ނިކަމެތި ކުރަމުން ކަމަށާއި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޔާމިން ރަޝީދުގެ މަރާއި ބެހޭ މައުލޫމާތު ޑިޕޮލޮމެޓުންނަށް އެރުވުން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

 

އިދިކޮޅު ފަރާތްތަކުން ވަނީ، ޔޫކޭގެ ސެކަންޑް ސެކްރެޓަރީ ފިލިޕް ޑިކިންސަން އަދި ޔޫކޭއިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޫރިސްގެ އިތުރުން ކެނޭޑިއަން ޑެޕިއުޓީ އެމްބެސެޑަރ އާއި ވަނީ ބައްދަލުކުރައްވާފައެވެ.

 

މިބައްދަލުވުމަށްފަހު ޖޭމްސް ޑޫރިސް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ ހަލާތު ހުރި ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ހާއްސަކޮށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދިމާވާ އުނދަގޫތަކާއި މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް