Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 22:58
ގާސިމް އިބްރާހީމް
ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރުކުރުން
ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!
ދެވަނަ ފަހަރު ގާސިމް ހައްޔަރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގެ ދަންވަރު
މީގެއިތުރުން ގާސިމް ދިރުއުޅުއްވާ ގެ އާއި އޮފީސް ވެސް ފުލުުހުން ވަނީ ބަލާފާސްކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރުމުގެ ފުރުސަތު ދީފައިނުވާތީއާއި ގާސިމް ހައްޔަރުކޮށް، ޖަލުގައި ބަހައްޓާފައި ހުންނަ ހުރުން އިސް ނަގައިގެން ބަލާދިނުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ވަނީ ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށްވާތީ، ޕާޓީން ނިންމާ ނިންމުތަކާއި ޕާޓީން ކުރަންޖެހޭ ކަންކަން ކުރުމުގައި ލީޑަރާ ބައްދަލުކޮށް މަޝްވަރާ ކުރަންޖެހޭ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާކަމަށެވެ. އެގޮތުން ޕާޓީގެ ފަރާތުން ގާސިމްއާ ބައްދަލު ކުރުމަށް ފުލުހުންނަށް ހުށަހެޅުމުން މިހާތަނަށް އެފުރުސަތު ދިފައިނުވާކަމަށެވެ. ނަމަވެސް މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ ލީދަރުން ހައްޔަރު ކޮށްފައިވަނިކޮށް، އެފަދަ ބައްދަލުވުންތަކަށް ފުރުސަތު ދީފައިވާކަން ވެސް ޖުމްހޫރީ ޕާޓީގެ އެސިޓީގައި ވެއެވެ.

މީގެއިތުރުން އެސިޓީގައި ވަނީ ގާސިމް ހައްޔަރު ކުރުމަށްފަހު ބަހައްޓާފައި ވަނީ ކުށްވެރިން ތިބޭ ގޮޅީގައި ކަމަށްވެފައި، އެގޮޅީގައި ކަންކަން ހަމަޖެހިފައިވާގޮތުން މަދިރީގެ އުނދަގޫ ބޮޑުކަމަށެވެ. އަދި ގޮޅީގެ ވެންޓިލޭޝަންފަދަ ކަންކަން ރަނގަޅު ނޫންކަމަށް ފާހަގަކޮށް، މިކަންކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.

ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތާއި ދައުލަތުގެ ދިފާއީ ބާރުގެ ފަރާތްތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް