Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 22:49
ޔާމީން ރަޝީދުގެ ހަށިގަނޑު
ޔާމީން ރަޝީދުގެ ހަށިގަނޑު
ރާއްޖެއެމްވީ
ޔާމީންގެ މަރު
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
ޔާމީނުގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ

ރާއްޖޭގެ ރައްޔިތުންނަށް ގާނޫނުން ކަނޑައެޅިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދީ، ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ތަރުޖަމާނު،ރާއްޖޭގެ ކަމާ ގުޅޭ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ، ބްލޮގަރ އަދި ސޯޝަލް މީޑިޔާގެ އެކްޓިވިސްޓެއް ކަމުގައިވާ  ޔާމީނު ރަޝީދުގެ މަރާއި ގުޅޭ ގޮތުން، ޖެނީވާގައި ހުންނަ އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޔާމީނު ރަޝީދު މަރާލުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި ބައިނަލްއަގްވާމީ ހިއުމަން ރައިޓްސްގެ ގާނޫނާއި ކަނޑައަޅާއިފައި އުސޫލުތަކާއި އެއްގޮތަށް މިކަމުގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭނެ ކަމަށެވެ. އަދި އިންސާފުގެ ކުރި މައްޗަށް ގާތިލުން ގެނެސް އެމީހުންނަށް ދޭންޖެހޭ އަދަބުތައް ދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔާމީނަށް މަރުގެ އިންޒާރުތައް ދިން މައްސަލައެއް އޭނާ ފުލުހުންނަށް ހުށަހަޅާފައިވާ އިރު ޔާމީނަކީ ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައިގައި އިންސާފު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއް ކަމަށް މި ބަޔާނުގައ ބުނެ އެވެ.

ޔާމީނު މަރާލި މައްސަލަ ފެންމަތިވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ . އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ތަރުޖަމާނު ވަނީ ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ގާނޫނުން ލިބިދޭ، ހިޔާލުފާޅު ކުރުމުގެ ހައްގު އެއްވެސް ބިރެއް ނެތި ހޯދުމުގެ ފުރުސަތު ލިބިގެންވާކަން ދިވެހި ރާއްޖޭގެ ސަރުކާރަށް ހަނދާންކޮށްދީފަ އެވެ.

އަދި އާއްމު ރައްޔިތުންނަށް އަންނަ މިފަދަ ބިރުވެރި އިންޒާރުތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާއި ރައްޔިތުންނަށް މުޖުތަމައުން ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ ތަރުޖަމާނު ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައި އެވެ.

ޔާމީނު މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި އޮފީހުން ގެޔަށް އައިސް ވަތް ގަޑީގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް