ލާއިންސާނީ އަނިޔާތަކަކާއެކު، މިދިޔަ ހޮނިހިރު ދުވަހުގެރޭ މަރާލާފައިވާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރ ސ. ފޭދޫ ޗަނބޭލީގޭ، އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދުގެ ދެގާތިލުން ދެނެގަނެވިއްޖެ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން އެކަން ހާމަކުރީ ޔާމީން ރަޝީދުގެ މަރާގުޅިގެން މިހާތަނަށް ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސްގައި އަންގާރަ ދުވަހު ހަވީރުއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ މިހާތަނަށް އާދެވުނުއިރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެތަނުން ސީސީޓީވީ ފުޓޭޖްތައް ލިބި އެފުޓޭޖްތައް އެނަލައިޒް ކުރަމުންދާ ކަމަށެވެ.
ނަވާޒް ވިދާޅުވީ ކްރައިމްސީން ބަލާ އެތަނުން މިހާރުވެސް ހެކީގެ ގޮތުގައި ފިޒިކަލް އެވިޑެންސް ހޯދާފައިވާ ކަމަށާއި އެއްކުރަން ޖެހޭ ގިނަ މައުލޫމާތުތަކެއް ހުރުމާއެކު އެކަން ކުރުމުގެ ގޮތުންނާއި އެކިއެކި ފަރާތްތަކާ ސުވާލު ކުރެވެމުންދާ ކަމަށެވެ. ނަވާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު ތަހުގީގުގައި ވީޑިއޯ ފުޓޭޖްގެ ޒަރީއާއިން މިހާރު ވަނީ އެކުށް ކޮށްފައިވާ ފަރާތްތައް ދެނެގަނެވިފައި ކަމަށެވެ. ވީޑިއޯއިން އެމަންޒަރު ފެނިފައިވާ ކަމަށާއި އިތުރަށް ވީޑިއޯ އެންހޭންޒް ކުރުރުމާއި ވީޑިއޯއިން ފެންނަ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ މިހާހިސާބަށް އައިރު މިކަން ކުރީ ކޮންބައެއް އެނގިފައިވާކަމަށް ވިދާޅުވެ ޚާއްޞަކޮށް އެޢަމަލު ހިންގި ދެމީހެއްގެ ފޮޓޯ ވަނީ ނޫސްވެރިންނަށް ހިއްސާކޮށްފަ އެވެ. ނަވާޒް ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާތީއާއި މިއީ މިމައްސަލައިގެ ތަހުގީގުގެ ވަރަށް ކުރީކޮޅުކަމުން ބައެއް މައުލޫމާތުތައް ހާމަކުރެވެން ނެތްކަމަށެވެ.
އެހެންނަމަވެސް މައްސަލައިގެ ތަހުގީގް ކާމިޔާބުކޮށް މިޖަރީމާ ހިންގި ފަރާތްތައް އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ނަވާޒް ވަނީ ދިވެހިރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން މިހާރުވަނީ ކަންކުރި ފަރާތްތައ ދެނެގަނެވިފައިވާ ކަމަށާއި މިހާރު ކުރެވެމުންދަނީ އެމީހުން ހިފާ ހައްޔަރު ކުރުމުގެ މަސައްކަތް ކަމަށް ނަވާޒް ވިދާޅުވިއެވެ.
ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ނިންމާލި ޕްރެސްކޮންފަރެންސްގައި ފުލުހުން ހާމަކުރި ވީޑިއޯގައި ވާ ގަޑިއާއި ޔާމީން ރަޝީދު މަރާލިކަމަށް ބެލެވޭކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވާ ގަޑި ދިމާނުވާކަމަށް ފުލުހުން ފަހުން ވަނީ ބުނެފައެވެ.
ނޫސް ކޮންފަަރެންސަށްފަހު ހޯދަން ބޭނުންވާ ދެ މީހުންގެ ގޮތުގައ މި ދެމީހުންގެ ވީޑިޯވެސް ފުލުހުންގެ ރަސްމީ