ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ނެރު ކެނޑުމުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފިއެވެ.
އެޗްޑީސީން ބުނީ މި ނެރުގެ ފުޅާމިނުގައި 50 މީޓަރު ހުންނާނެކަމަށެވެ. އަދި ފުންމިނުގައި 1.85 މީޓަރު ހުންނާނެކަމަށެވެ. އަދި ނެރުގެ ކެނޑުމުގެ މަސައްކަތް ނިމުމާއިއެކު އެ ސަރަހައްދު އާއްމުންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި އެ ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ގުޅާލަން އަޅާ ބްރިޖްތަކުގެ ތެރެއިން އެއް ބްރިޖް އާއްމުންނަށް ވަދެވޭނެ ގޮތަށް އޮކްޓޫބަރު މަހުގައި ވަނީ ހުޅުވާލާފައެވެ. ބްރިޖު ހުޅުވާލި ނަމަވެސް ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް ހުއްދަ ނެތި އާންމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި އަރައިފޭބުން ވަނީ މަނާ ކޮށްފައެވެ.