ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 07:45
ކަނޑުދަގަ ދުވަހެއްގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ކަނޑުދަގަ ދުވަހެއްގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި
ވައިޓް އެލާރޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެން ވާ ކަމެއް

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުކުރު ދުވަހު ހެނދުނު 7:00 އިން 13:00 އަށް ވައިޓް އެލާރޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ބވައި ޖެހޭނެ ކަމަށާއި ވިލާގަނދުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެންވާ ކަމެއްކަމަށް އެއިދާރާއިން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް