ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 23:40
ކާރުގައި ރޯވެގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ
ކާރުގައި ރޯވެގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކާރެއްގައި އަލިފާން ރޯވުން
ދަނާލު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
ހާދިސާ ހިގާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ގަޑިން 19:10 ހާއިރު
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިންވަނީ ރޯވި އަލިފާންގަނޑު 19:18 ހާއިރު

މާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

ރޯވެފައިވަނީ ގ. މަޖުދުއްދީން ދަނާލު ކުރިމަތިން ދުއްވާފައިދިޔަ ކާރެއްގައިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން (އެމްއެންޑީއެފް) ވަނީ ބުނެފަ އެވެ.

މިހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ގަޑިން 19:10 ހާއިރުއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިންވަނީ ރޯވި އަލިފާންގަނޑު 19:18 ހާއިރު ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކާރުގައި ރޯވެގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ

ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ފަރާތެއް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ އެހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިން ޑްރައިވަރު ފިޔަވާ އިތުރު ފަރާތެއް ކާރުގައި ނެތް ކަމަށާއި ޑްރައިވަރަށް ކާރުގެ އިންޖީނުގައި ރޯވެފައި ހުރިތަން ފެނި ކަންމަތިގައި ކާރު މަޑުކޮށް ކާރުން ފެއިބި ކަމަށެވެ.

- ކޮމެންޓް