ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 22:14
ކޮބިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮބިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އެންމެ ފަހުގެ މައުލޫމާތު
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 36 މީހުން!
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 13،106
އެކްޓިވް ކޭސްގެ ގޮތުގައި 898 ކޭސްއެއް ރިޕޯޓްކޮށްފައިވޭ
ހޮސްޕިޓަލުގައި 86 މީހަކަށް ދަނީ ފަރުވާދެމުން

ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ޕޮޒިޓިވްވި 32 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެމީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 13،106 އެެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ 1801 މީހުންގެ ސާމްޕަލް ޓެސްޓް ކޮށްފަ އެވެ.

މިހާތަނަށް 249،994 މީހުންގެ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 898 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު 12154 މީހަކު ވަނީ ވަނީ މިހާތަނަށް ބަލިން ފަސޭހަވެފަ އެވެ.

އަދި ހޮސްޕިޓަލުގައި 86 މީހަކަށް ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. ރާއްޖެއިން ވައިރަސްގެ ސަބަބުން މިހާތަނަށް 47 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް