ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 22:16
ޖުޑީޝަލް ސަރވިސް ކޮމިޝަން: ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންދޭ
ޖުޑީޝަލް ސަރވިސް ކޮމިޝަން: ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންދޭ
ރާއްޖެއެމްވީ
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާއި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާންގެ ސުލޫކީ މައްސަލައެއް
އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ވަނީ ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައި

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، އެ މައްސަލަ ތަހުގީގު ކުރަން ކޮމިޓީން އެކުލަވާލައިފި އެވެ.

ޖޭއެސްސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލީ އަބްދުﷲ އާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް އެ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ އިތުރުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ. ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުންޏެވެ.

- ކޮމެންޓް