ސިނަމާލެ ބުރިޖުގައި ކާރަކާއި ވޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ވިދާޅުވީ ބުރާސްފަތި ހަވީރު 17:38 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ދެ ވެހިކަލް އަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފުލުހުން ވިދާޅުވީ، ކާރާއި ވޭން ދުއްވަން އިނީވެސް "އީ" ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ ފަރާތްކަމަށެވެ. ނަމަވެސް މި ދެފަރާތުގައި ވެސް ލައިސެންސް ހަމަވެފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ސިނަމާލެ ބުރިޖްއަކީ ވަރަށް ގިނައިން މިފަދަ ހާދިސާތައް ދިމާވާ ތަނެކެވެ. މިފަދަ ނުރައްކާތެރި ހާދިސާތައް ހިންގަމުން އަންނައިރު ފުލުހުން އަބަދުވެސް އިލްތިމާސް ކުރަމުން އަންނަނީ ބާރު ސްޕީޑުގައި އުޅަދުފަހަރު ނުދުއްވުމަށެވެ.