ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 16:13
ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ހަރަކާތުގެ ތެރެއިން ބީއެމްއެލްގެ މުވައްޒަފުން
ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ހަރަކާތުގެ ތެރެއިން ބީއެމްއެލްގެ މުވައްޒަފުން
ބީއެމްއެލް
ސައިން ލެންގުއޭޖް ދަސްކޮށްދިނުން
ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދެނީ
މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ވަނީ 30،000 ރުފިޔާ ހަދިޔާކޮށްފައި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލްއިން ބައެއް ހަރަކާތްތައް ހިންގައިފިއެވެ.

އެ ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ވަނީ 30،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމުޢިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށްގެންދިޔުމަށެވެ. އަދި އެ ޖަމުޢިއްޔާގެ މެންބަރުންވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފައެވެ.

މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއަރވެސް ހަދިޔާކުރުން ހިމެނެއެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 125 ށްވުރެ ގިނަ ވީލްޗެއަރ ވަނީ ހަދިޔާކޮށްފައެވެ.

މިއަހަރު ޖެނުއަރީ މަހު ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތިވެސް ހަދިޔާކޮށްފައެވެ.

- ކޮމެންޓް