ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އަހަރޔގެ ފެބްރުއަރީ ގައި ފެށުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ފުރަތަމަ ޓާމް ކޯސްތަކަށް ވަނުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.
މި ގޮތުން ޔުނިވަރސިޓީގެ ކޯސްތަކަށް އެދުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްއެންުޔޫއިން ބުންޏެވެ. އެގޮތުން ތަފާތު ދާއިރާތަކަށް 100 ށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އޭގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، އަދި ޖަރނަލިޒަމް ހިމެނެއެވެ. މީގެ އިތުރުންވެސް ޕޮލިޓިކަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އަދި ބިޒްނަސް އާއި އެކައުންޓިންގ، ސައިކޮލޮޖީގެ އިތުރުން ސިވިލް އެންޖިނިއިރިންގ އަދި އެންވަޔަރަންމަންޓަލް މެނޭޖުމަންޓް ހމެނެއެވެ.