ބުރެވި ތޫފާން މިހާރު ދަތުރު ކުރަމުންދަނީ ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް ކަމަށާއި މި ތޫފާން ބުރާސްފަތި ދުވަހުގެ ހެނދުނު ކޮމޮރިން ސަރަހައްދުގެ ތެރެއަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ސްރިލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ރާއްޖެއަށްވެސް އަސަރުކުރަމުން އަންނާތީ އެކަމާ ގުޅިގެން މެޓް އޮފީހުން ހާމަކޮށްފައި ވަނީ ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުން ކަމަށެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެއާއެކު ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރު މިނެއްގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެވަގުތު ތަކުގައި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި ތޫފާނުގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް ލަފާކޮށް މުސޫމާއި ބެހޭ ޤައުމީ އިދާރާއިން ބުދަ ދުވަހު މެންދުރު ވަނީ ލަންކާގެ ސަރަހައްދުގައި އުފެދުނު ބުރެވި ތޫފާނު ޓްރިންކޮމަލީ އާއި 240 ކައިރިއަށް ޖެހިފައިވާ ކަމަށެވެ. އަދި މެންދުރުފަހު އެ ޠޫފާން ލަންކާއަށް އަރާނެ ކަމަށް ބެލެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ..
"މިތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަން ފަށާފައިވާކަމަށާއި އެގޮތުން މިހާރު މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިލާތައް ރާއްޖެ ސަރަޙައްދަށްވެސް ޖަމާވާން ފަށާފައިފި" މޫސުމާ ބެހޭ ޤައުމީ އިދާރާ
ބުރެވި ތޫފާނުގެ އަސަރު ރާއްޖެއަށް ބުދަ ދުވަހު ހަވީރު ކުރާނެ ކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް ވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިތޫފާނާ ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ސްރީ ލަންކާއަށް ބަލާއިރު، އެގައުމުގެ ޓްރިންކޮމަލީ ސަރަހައްދަށް ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އަދިވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެއާއެކު ވަރަށް ގަދައަށް ވައިޖެހެމުންދާ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މި ތޫފާނުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް ގެންދަންޖެހޭ މީހުންގެ ތެރެއިން 1500 ސަތޭކައެއްހާ އާއިލާ ގެންދެވިފައިވާ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައެވެ.