ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 07:01
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އާދިއްތަ ދުވަހު ޕޮޒިޓިވްވީ 47 މީހުން، ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން!
46 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،994 ށް އަރާފައި
94 މީހަކަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން

ރާއްޖެއިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 46 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،994 ށް އަރާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވި 24 ގަޑިިއިރުތެރޭގައި ވަނީ 1829 މީހެއްގެ ސާމްޕަލް ޓެސްޓް ކުރެވިފައެވެ.

އެއާއިއެކު 242889 މީހެއްގެ ސާމްޕަލް މިހާތަނަށް ވަނީ ޓެސްޓް ކުރެވިފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1039 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް 11،902 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އެޗްޕީއޭއން ހާމަކޮށްފައިވާގޮތުން 94 މީހަކަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަދި ރާއްޖެއިން ވައިރަސްގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 46 އެވެ.

- ކޮމެންޓް