ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 07:03
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބައްދަލުވުމެއްގެ ތެރެއިން - އެމްއެމްސީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބައްދަލުވުމެއްގެ ތެރެއިން - އެމްއެމްސީ
އެމްއެމްސީ
އެމްއެމްސީގެ އިންތިހާބު
މީޑިއާ ކައުންސިލްގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
އިންތިހާބު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް
މީޑިއާގެ މެންބަރު ކަމަށް 14 ފަރާތަކުން އަދި އާންމުންގެ މެންބަރު ކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވޭ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު، އަންނަ މަހުގެ 11 އަށް ހަމަވާ ކަމަށާއި އެހެންކަމުން އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުން މައްޗަށެވެ.

މިފަހަރުގެ މީޑިއާ ކައުންސިލްގެ އިންތިހާބުގައި 28 ފަރާތަކުން ކުރިމަތިލާފައިވާއިރު، މި އިންތިޚާބުގައި މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

- ކޮމެންޓް