ފުރަބަންދު ކަރަންޓީންއަށް ދާން ބޭނުންވާ ފަރާތްތަކުން ހާލު ބެލުން ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑް ކުރެވޭތޯ ކަށަވަރު ކުރުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން އެދިއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަތުރުކުރަން ގަސްތުކޮށްފައިވާ ދުވަސް ބަދަލުވެއްޖެ ނަމަ އެބަދަލު އަނެއްކާވެސް އަޕްލޯޑް ކުރަން ޖެހޭނެކަމަށެވެ.
އަދި ލިޔެކިޔުންތައް ޕޯޓަލްއަށް އަޕްލޯޑް ކުރަން ޖެހޭނީ ދަތުރުކުރަން ގަސްތުކުރާ ތާރީޙުގެ 72 ގަޑިއިރު ކުރިއަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ވަރަށް ގިނަފަހަރަށް ވާގޮތަކީ ރަށުގެ ކައުންސިލުން ވަރަށް އަވަހަށް އެޕްރޫވަލް ލިބޭނެކަން އިނގޭތީވޭ ނޫނީ އަޕްލޯޑް ކުރާހާ އަވަހަކަށް ކައުންސިލް އެޕްރޫވަލް ލިބިދާނެ އެހެންނަމަވެސް އޭގައި ލީގަލް ސައިޑުންވެސް އެޕްރޫވަލް ލިބެން ޖެހޭނެ. ވަރަށް ގިނައިން އަންނަ ބައިވަރު ކޭސްތައް މިކޮޅުންވެސް ހެންޑްލް ކުރަމުންދާއިރުގައި އެކަން ވާނެ ކަމަށް ކަށަވަރުވާ ޓައިމް ޕީރިއެޑްއަކަށް މީނީ 72 ގަޑިއިރު، އެއްވެސް ކަހަލަ އުނދަގުލެއް މައްސަލައެއް ނުޖެހި ފަސޭހަ ކަމާއި އެކު ދަތުރުކުރަން އެދިލައްވާނަމަ އެ 72 ގަޑިއިރު ކުރިއަށް ބޭނުންވާ ޑޮކިއުމެންޓަތއް އަޕްލޯޑް ކުރައްވަން ޖެހޭނެޑރ. އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ ދަތުރުކުރަން ގަސްތުކުރާ ތާރީހުގެ 10 ދުވަސް ކުރިއަށް ޑޮކިއުމަންޓްތައް އަޕްލޯޑް ކުރުމުން އެ ބަލައި ނުގަންނާނެ ކަމަށެވެ.
ހަގީގަތަކީ އެހާ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ބަލިތައްވެސް އައިސްދާނެ ކަމަށްޓަކައި މީހަގެ ސިއްޚަތަށްވެސް އަދި ޗެކްލިސްޓް ކުރެވިފައިވާ ތަނުގެ ހާލަތަށްވެސް ، އެކަމަށްޓަކައި އެންމެ ރަނގަޅު ޓައިމްޕީރިއެޑް އަކީ ދަތުރުކުރަން އެދޭ ތާރީހުގެ 72 ގަޑިއިރު ކުރިއަށް ބޭނުންވާ ޑޮކިއުމަންޓްތައް ހަމަކޮށްފައި އަޕްލޯޑް ކުރުން އަދި މިކަން ވީތޯވެސް ކަށަވަރު ކުރުންޑރ. އިބްރާހިމް އަފްޒަލް
ކޮވިޑް19ޖެހި ރަނގަޅުވެފައި ތިބޭ މީހުންވެސް ރަށަށް ދިޔުމުގެ ކުރިން އެމީހަކަށް ބަލިޖެހި ރަނގަޅުވިތާ 90 ދުވަސް ހަމަނުވާ ކަމުގެ ލިޔުމެއް ބޭނުންވާނެ ކަމަށާއި އެ ލިޔުން ޕޯޓަލް އަށް އަޕްލޯޑު ކުރަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.