ކ. މާލެ
|
29 ނޮވެންބަރ 2020 | އާދީއްތަ 10:29
މީގެކުރިން ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މިފަހަރު މި މުބާރާތް ބާއްވަމުންދަނީ ބަލައިގެން ކިޔެވުމަށް ހާއްސަ މުބާރާތެއްގެ ގޮތުގައި
މީގެކުރިން ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މިފަހަރު މި މުބާރާތް ބާއްވަމުންދަނީ ބަލައިގެން ކިޔެވުމަށް ހާއްސަ މުބާރާތެއްގެ ގޮތުގައި
ރައީސް އޮފީސް
ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް
ގުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން އަންނަ މަހުގެ 6 ގެ ކުރިން އިއުލާން ކުރާނަން: މިނިސްޓްރީ
 
ފަހު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 13 ޑިސެމްބަރ 2020 ފެށިގެން 17 ޑިސެމްބަރ 2020 ގެ ނިޔަލަށް
 
އޮޑިޝަން ބުރު ފަށާފައިވާއިރު މުބާރާތް ބާއްވާނީ ދެ ބުރަކަށް ބަހާލައިގެން، ފުރަތަމަ ބުރު މި މަހުގެ 28 ގައި ވަނީ ނިމިފައި
 
ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީގެ ވެބްސައިޓްގައި އިއުލާނުކުރެވޭނެ

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން އަންނަ މަހުގެ 6 ގެ ކުރިން އިއުލާން ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށް، އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފައިނަލް ބުރަށް ހޮވޭ ކުދިންގެ ލިސްޓު 6 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް މެދުވެރިކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

މި މުބާރާތް ދެ ކެޓަގަރީއަކަށް ބަހާލައިގެން ގެންދާއިރު މި ދެ ކެޓަގަރީއަކީ މުޖައްވަދުކޮށް (ދިގު ރާގަށް) އަދި ހަދަރުކޮށް (ކުރު ރާގަށް) ކިޔެވުމެވެ. މުބާރާތް ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރަކީ އޮޑިޝަންގެ ބުރެވެ. އޮޑިޝަން ބުރު ވަނީ 28 ނޮވެމްބަރަށް ނިމިފައެވެ. އަދި ފައިނަލް ނުވަތަ އެންމެ ފަހު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 13 ޑިސެމްބަރ 2020 ފެށިގެން 17 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމާ އެކު އޮޑިޝަންގެ ވީޑިއޯ އަޕްލޯޑު ކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް