ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާން އަންހެނަކު މަރުވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގުން ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓް ވެގެންނެވެ.
ފުލުހުން ބުނީ ފަރުވާދެމުން ދަނިކޮށް އާދިއްތަ ދުވަހު ހެނދުނުގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެއެވެ.
އެކްސިޑެންޓްވިއިރު، އޭނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސައިކަލް ދުއްވާފައިވަނީ ލައިސަންސް ނޯންނަ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެ އެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ބަަލަމުންނެވެ.