ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން 1،816 މީހުންގައިން ކޮވިޑްގެ ސާމްޕަލް ނަގައިފައިވާ ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 14 މީހުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 14 މީހުންގެ ތެރެއިން 8 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި 2 މީހަކު އަތޮޅުތެރިން ޕޮޒިޓިވްވެފައިވާއިރު 3 މީހަކު ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އިތުރު 14 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު، އެކްޓިވް ކޭސްތަކުގެ އަދަދު 1،113ށް ވަނީ އަރައިފައެވެ. އަދި މިވަގުތު 92 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 12،947 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 11،781 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖެއިން 46 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.