މ. މުލަކު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ހާސިލް 2" އުޅަނދުގައި ހުރި މަސްވެރިއެއް (28) ގެ ލޮލަށް ބުޅިއެއް ހެރި އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ހޮނިހިރު ދުވަހު ގެންގޮސްފިއެވެ.
އެ މީހާ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވެފައިވާއިރު ހާދިސާާ ހިނގި ވަގުތު ދޯނި އޮތީ 12 ނޯޓިކަލް މޭލު ބޭރުގައެވެ.
މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 09:41 ހާއިރުގައެވެ. އަދި 11:09 ހާއިރު އޭނާ މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
މިއީ މި ފާއިތުވި ހަފްތާ ތެރޭގައި ހިނގި މިފަދަ 3 ވަނަ ހާދިސާއެވެ. އެގޮތުން، މ. ކޮޅުފުށި ބޭރުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދެއްގައި ހުރި މީހަކާއި މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކައިރިއަށް މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ވަނީ ބުޅިއެއް ހެރިފައެވެ.