ކ. މާލެ
|
27 ނޮވެންބަރ 2020 | ހުކުރު 12:53
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ/ ފޭސްބުކް ޕޭޖް، އަބްދުﷲ އާސިފް ފޮޓޮގްރަފީ
ގައްދޫގައި ހޮސްޕިޓަލެއް އެޅުން
ގައްދޫގައި ހޮސްޕިޓަލެއް އެޅުމަށް ފައިސާގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ
 
ޕްލޭން އެކުލަވައިލުމުން، ހޮސްޕިޓަލް އެޅޭނެ ތާރީޚެއް ކަނޑައެޅިގެންދާނެ: މިނިސްޓަރ
 
އެ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ޑޮއިޗާ ބޭންކާއެކު ދަނީ މަޝްވަރާ ކުރެވެމުން

ގދ. ގައްދޫގައި ހޮސްޕިޓަލެއް އެޅުމަށް ފައިސާގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ގައްދޫ ދާއިރާގެ މެމްބަރު މިނިސްޓަރާއި ކުރެއްވި ސުވާލަކީ ގދ. ގައްދޫގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަޢުދު ވެވަޑައިގެންފައިވާ 50 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް އެޅުމަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާއިރު އޭގެ ތެރޭގައި ގައްދޫ ހޮސްޕިޓަލް މިހާރު ނުހިމެނޭ ސަބަބަކީ ކޮބައިތޯއެވެ.

މި ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައި ހެލްތު މިނިސްޓަރ ވިދާޅުވީ އެ ރަށުގައި ގާއިމުކުރުމަށް ނިންމާފައިވާ 50 އެނދުގެ ހޮސްޕިޓަލަކީ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ފުއްދުމަށް ވެފައިވާ ވަޢުދެއް ކަމަށާއި އެ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ޑޮއިޗާ ބޭންކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލް އެޅުމަށް ފުރިހަމައަށް ފައިސާގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އެ ބޭންކުން ދީފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެެވެ.

މީގެއިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފަންކްޝަނަލް ޕްލޭނާއި އެޗްއާރް ރިކުއަރމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ޕްލޭން އެކުލަވައިލުމުން، ހޮސްޕިޓަލް އެޅޭނެ ތާރީޚެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
100%
0%
0%
0%
0%
0%
ކޮމެންޓް