ކ. މާލެ
|
26 ނޮވެންބަރ 2020 | ބުރާސްފަތި 17:38
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު
ޓްވިޓަރ
އިބްރާހިމް ހުސައިންފުޅު އަވަހާރަވުން
އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ ތަޢުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް: ރައީސް
 
އިބްރާހީމް ޙުސައިންފުޅު އަވަހާރަވެފައިވަނީ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު
 
ރައީސް ވިދާޅުވީ ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމަށް
 
ރައީސް ވަނީ ހުސައިންފުޅުގެ އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ތަޢުޒިޔާގެ ސިޓީފުޅެއް ފޮނުވާފަ

ބ. ތުޅާދޫ މަންޒިލް އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ، ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، އިބްރާހީމް ޙުސައިންފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން، އިބްރާހީމް ޙުސައިންފުޅުގެ އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައެވެ.

ސިޓީގައި ރައީސް ވިދާޅުވީ ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައެވެ. އަދި މި ހިތާމައިގައި ބައިވެރިވެވަޑައިގެން ޚަދީޖާ އިބްރާހީމަށާއި، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި ބޭފުޅުންނަށާއި، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

ޙުސައިންފުޅަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް، ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އިބްރާހީމް ޙުސައިންފުޅު، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގައްޔާއި، ޤުރްއާން ހިތުދަސް ކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި، އެ ރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެވިއެވެ.

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު (75އ)، އަވަހާރަވެފައިވަނީ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް