Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 02:11
ގާސިމް ސަޕޯޓަރުންނާއެކު
ގާސިމް ސަޕޯޓަރުންނާއެކު
މުހައްމަދު ޝަރުހާން
ގާސިމް ފްރޭމް ކުރުން
ޤާސިމް ބޮލުގައި އެޅުވުމަށް ދެބަޑި ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ: ވަކީލުން
ދެބަޑީގެ ފޮޓޯ ވަނީ ދައްކާފައި
އެބަޑި ބާއްވަން އުޅުނީ ގާސިމްގެ މަސްލަހަތު އޮންނަ ތަނެއްގައި
އެވާހަކަ ހިއްސާ ކުރީ ޤާސިމްއާ މީހަކު ބައްދަލު ކޮށްފައި

ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ތަނެއްގައި ދެ ބަޑި ބާއްވައި އޭނާ ފްރޭމްކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ހޯމަ ދުވަހުގެރޭ ވިދާޅުވެއްޖެ އެވެ.

ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި މިހާރު ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީ އަދި ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިޔުމަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ގެ މ. މާފަންނުވިލާ އިން މިދިޔަ ހަފުތާގެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އޭނާ ނުކުމެވަޑައިގަންނަވަނިކޮށް، ކާކުކަން ނޭނގޭ މީހަކު ގާސިމާ ބައްދަލުކޮށް އެކަހަރިކޮށް ވާހަކަ ދައްކަން ބޭނުންވެގެން އެދުނު ކަމަށެވެ. އެ މީހާ ދެއްކި ވާހަކައިގައި، ގާސިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރަން، އޭނާ ފްރޭމްކުރަން ދެ ބަޑި ޕްލާންޓްކުރަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ގާސިމަށް ދީފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެ.

 އަދި އެ މީހާގެ ފޯނުން، ޤާސިމަށް އެ ދެ ބަޑީގެ ފޮޓޯ ކަމަށް ބުނެ، ދެ ފޮޓޯއެއް ދައްކާފައިވާކަމަށްވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ޖިނާއީއަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ދައުވާތައް ކުރަމުން އަންނަ ދުވަސްވަރަކަށް ވާތީވެ، އެފަދަ ނުރައްކާތެރި ޕްލޮޓެއްގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލައިދޭން ހުށަހަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ޤާނޫނީ ވެރިކަން ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުކޮށް ޝަރީޢަތް ފަށާފައިވާއިރު ޤާސިމް މިވަގުތުވެސް އޮންނެވީ ޖަލުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 އޭޕްރިލް 2017 | އަންގާރަ 01:45
ޖާނޭ
ދޫނިދޫގަ މާގިނަ ދުވަސް ވާނަމަ ގޮޅިންވެސް ބަޑިއެއް ފެންނާނެ. އެއީ ކޮބަޑި
25 އޭޕްރިލް 2017 | އަންގާރަ 01:45
ޖާނޭ
ދޫނިދޫގަ މާގިނަ ދުވަސް ވާނަމަ ގޮޅިންވެސް ބަޑިއެއް ފެންނާނެ. އެއީ ކޮބަޑި