Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 01:39
ރިޔާޒް: ކުރީގެ ޕޮލިސް ކޮމިޝަނަރ
ރިޔާޒް: ކުރީގެ ޕޮލިސް ކޮމިޝަނަރ
ރާއްޖެއެމްވީ
ރިޔާޒްގެ ރައްދު
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
ކުރީގެ މައުލޫމާތުތައް ރައީސް ޔާމީނަށް ހޯއްދަވާ ހާމަކުރެއްވޭނެ
ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު
ސަރުކާރުގެ އިހުމާލްތައް ބެލުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ޖެހޭ

ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީއާއި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲގެ މަރާމެދު ސަރުކާރުން ސަމާލުކަން ދޭނަމަ މިހާރު ރައްޔިތުންނަށް ހާމަ ކުރެވޭނެ އިތުރު މައުލޫމާތު ހުންނަން ވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

 

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ކަންވެސް ކުރައްވާ ރިޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ 60 މިނިޓްގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.

 

ރިޔާޒް ވިދާޅުވީ އެބޭފުޅާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމްގައި ހުންނަވައިގެން ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގް ކުރިއަށް ގެންދެވީ ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރައްވައިގެން ކަމަށާއި އޭރު ލިބުނު ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.

 

އެފަދަ މައުލޫމާތު ހުރިއްޔާ ފުލުހުންގެ ކުރީގެ ވެރިން ހާމަ ނުކުރެއްވީ ކީއްވެތޯ ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ މިވަގުތު ޕޮލިސް ކޮމިޝަނަރއަކީ ރިޔާޒް ކަމަށް ރައީސް ޔާމީން ޤަބޫލު ކުރައްވައިގެން ނުވާނެ ކަމަށާއި މިހާރު ހުންނެވި ޕޮލިސް ކޮމިޝަނަރ މެދުވެރިކުރައްވާ ޢާއްމު ނުކުރެއްވޭނަމަ އެއީ ރައީސް ޔާމީންއާއި ސަރުކާރުގެ ފެއިލިއަރއެއް ކަމަށެވެ.

 

ރިޔާޒް ވިދާޅުވީ ޑރ އަފްރާޝީމް އަލީއާއި ގެއްލިފައިވާ ރިލްވާންގެ މައްސަލަ ތަހުގީގް އޭރު ކުރެވެމުންދިޔައީ އެފްބީއައިގެ އެހީތެރިކަމާވެސް އެކުގައި ކަމަށާއި އޭރު ތަހުގީގް ކުރިގޮތައް ސަމާލުކަން ދީގެން ސަރުކާރުން ބެލިނަމަ މިހާރު ރައްޔިތުންނަށް ހާމަކުރެވޭނެ ވަރަށް ގިނަ މައުލޫމާތު ހުންނަންވާނެ ކަމަށެވެ. ރިޔާޒް ވިދާޅުވީ މިސަރުކާރަށް އެސަމާލުކަން ނުދެވުމުގެ ޒިންމާއިން ރެކިވަޑައިގެން ރައީސް ޔާމީން އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

 

ރިޔާޒް ވިދާޅުވީ އެ ދެމައްސަލައިގާ ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ކަމަށެވެ. ރިޔާޒް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ މިންވަރު ބަލާނެ އިންކުއަރީ ކޮމިޝަނެއް އުފައްދަނަ ވެއްޖެ ކަމަށާއި ބޭރުގެ ފަރާތްތަކުގެ ބެލުމުގެ ދަށުން އެއިންކުއަރީ ކުރިއަށް ގެންދެވިއްޖެނަމަ ސަރުކާރުގެ އިހުމާލު ވަރަށް ބޮޑަށް ފެންނަން ހުންނާނެ ކަމަށެވެ.

 

ރިލްވާން މައްސަލައިގާވެސް ބޮޑެތި އިހުމާލްތައް ހުރިއިރު ރަތްކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑީއެންއޭއަކީ ހެއްކެތްކާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން އެންމެ މީހަކަށްވެސް ދައުވާ ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވީ އަދިވެސް އެދެމައްސަލައަށް ސަރުކާރުން ސަމާލުކަމެއް ދީގެން ރަނގަޅު ތަހުގީގެއް ކުރުމަށް ގޮވާލާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 އޭޕްރިލް 2017 | އަންގާރަ 03:26
ރަތްކާރު
ތިޔަކަމެއް ނުވާނެ ސަރުކާރުން ބޭނުމެއްނުވާނެ ތިޔަ ދެ މައްސަލަ ރަނގަޅަށް ތަޙްޤީޤުކޮށް ހާމަކުރާކަށް އެހެންނަމަ ތިޔަކަން މިހާރު އޮންނާނީ ކޮށްނިންމާފަ މިހާރު އަވަހަށް ބޭނުންވަނީ އަފުރާސީމްގެ ޤާތިލްކަމަށްބުނާ މީހާ ޙުކުމާ އެއްގޮތަށް ތަންފީޒުކުރަން އޭރުން ދެން އެކަމުގެ ޙަޤީޤަތް ފަސްލާ އެ ފޮރުވާލެވުނީ ތިޔަބުނާ ރަތްކާރަކީ ކާކުގެ ކާރެއްބާ؟ އޭގެތެރެއިން ފެނުނު ޑީއެންއޭ ކޮބާ؟ ފިސްތޯލައިން ފެނުނު ޑީއެން އޭ އަށް ކިހިނެއްބާވީ؟ މިހިރަ މިހިރަ ކަންކަމަށް ވިސްނާއިރު މި ދުނިޔެމަތީގަ ތިކަންކަމުގެ ޙަޤީގަތް ހޯދޭނެކަމަކަށް ނުފެނޭ އެކަމަކު ކޮންމެ މީހަކަށްވެސް އިންސާފު ލިބޭނެ ދުވަހު ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޞްރަތުގައި އެއްވެސްކަމެއް ވަންހަނާ ނުކުރެވޭނެ ހުރިހާކަމެއް ހާމަވާނެ އެދުވަހުން އިންސާފު ޤާއިމުވެގެންދާނެ އެދުވަހަށް އިންތިޒާރުކުރަމާތޯ؟