ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 21:59
ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސްތައް އިމާރާތް
ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސްތައް އިމާރާތް
ރާއްޖެއެމްވީ
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން ފަސް ބޭފުޅަކަށް ރުހުންދީފި
މިހާރު ތިއްބެވި ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު މި ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވޭ
ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ 9 ބޭފުޅެއްގެ ނަން، ހޮވުނީ އެންމެ މަތިން މާކްސް ހޯއްދެވި ފަރާތްތައް
ޓެކްސް ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރަން ފަސް ބޭފުޅަކަށް ރުހުންދީފިއެވެ.

މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ 9 ބޭފުޅެއްގެ ނަމެވެ. އޭގެ ތެރެއިން ފަސް ބޭފުޅަކު އައްޔަނުކުރަން ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން މަޖިލީހުން ރުހުންދިން ބޭފުޅުން:

  1. އއ.މަތިވެރި/ ވެސްޓްބީޗް، އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ
  2. ގ.ގޮފި، އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު
  3. މއ.ވިލާރޮދި، އަލްފާޟިލް އިސްމާޢީލް ސާޖިދު
  4. މ.ފާމުދޭރިގެ، އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލް
  5. ދަފްތަރު ނަންބަރު ރސ 7883، އަލްއުސްތާޛު އަޙްމަދު އަޝްރަފް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަންކުރުމަށް، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އެ ޓްރައިބިއުނަލްގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު މި ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސްއާ ބެހޭ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލް އެކެވެ.

ސަރުކާރުން އަންނަނީ ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހެ އިންތިޒާމުތަކެއް ހަމަޖެހޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ބޭނުމުގައި ގާނޫނަށާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހަށް ހުށައަަޅައިގެން ކުރަމުންނެވެ. އަދި ޓެކްސް ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މުހިއްމު ބައެކެވެ.

- ކޮމެންޓް