ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 11:46
ޓޯޔާޑު ސަރަހައްދު މޫދުން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޓޯޔާޑު ސަރަހައްދު މޫދުން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޙުސައިން މަޚްތޫމް
މޫދުގައި މަރުވެފައި އޮތް މީހަކު ފެނުން
މާލޭ ފަޅުތެރޭގައި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ ފިރިހެނެއް
ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 09:43 ހާއިރު

މާލޭ ޓޯޔާޑާ ދިމާ މޫދުގައި ބިދޭސީ ފިރިހެނެއް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހަކީ އުމުރުން 58 އަހަރުގެ އިނގިރޭސި ވިލާތުގެ ފިރިހެނެއް ކަމަށާއި އޭނާ މޫދުގައި އޮތްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 09:43 ހާއިރު ކަމަށެވެ.

އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

- ކޮމެންޓް