ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 09:57
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ދައުލަތުގެ ބަޖެޓް ދިރާސާކުރުން
ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން އާދިއްތަ ދުވަހުގެ ޖަލްސާގައި
 
ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު އަންނަ ހަފްތާގައި ބަޖެޓް ފާސްކުރާނެ
 
ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައި
 
ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުން އަންނަ އާދިއްތަ ދުވަހު އޮންނަ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތްވަނީ ހޯމަ ދުވަހުގެ ރޭ ނިންމާލާފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މިމަހުގެ 29 ވަނަ ދުވަހު ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ފެށުމަށް އެޖެންޑާކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު އަންނަ ހަފްތާގައި ބަޖެޓް ފާސްކުރާނެ އެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ވަނީ 17.79 ބިލިއަން ރުފިޔާއެވެ. ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 21 ބިލިއަން ރުފިޔާ އެވެ.

ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
25%
0%
50%
0%
0%
ކޮމެންޓް