ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 23:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމް: އިފްލާސްވުމާ އިފްލާސްކުރުމާ ގުޅޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމް: އިފްލާސްވުމާ އިފްލާސްކުރުމާ ގުޅޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައި
ރައްޔިތުންގެ މަޖިލިސް
އިފްލާސްވުމާ އިފްލާސްކުރުމާ ގުޅޭ ބިލް
އިފްލާސްވުމާ އިފްލާސްކުރުމާ ގުޅޭ ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފި
 
މިބިލަކީ ދަރަނިވެރިޔާގެ ދަރަނި ނުދެއްކިގެން އެފަދަ ފަރާތެއް އިފްލާސްވުމާއި އިފްލާސްކުރުމުގެ ކަންކަން ބަޔާންކޮށްފައިވާ ބިލެއް
 
ހިޔާލު ނުވަތަ އިސްލާހު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 12:00

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާ ކުރަމުންދާ "އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު" އާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހޯމަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ، އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވާ ދެއްވުން އެދޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މި ބިލު ހުށައަޅުއްވަމުން ވިދާޅުވެފައި ވަނީ ބިލަކީ ދަރަނިވެރިޔާގެ ދަރަނި ނުދެއްކިގެން އެފަދަ ފަރާތެއް އިފްލާސްވުމާއި އިފްލާސްކުރުމުގެ ކަންކަން ބަޔާންކޮށްފައިވާ ބިލެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ ދަރަނިވެރިޔާ އަރަނިވެރިންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވުމުން އެފަދަ ފަރާތްތަކާއި މެދު އެކަށިގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އަދި އަރަނިވެރިންގެ ދަރަނި އަދާ ކުރުމަށް ޝަރުއީ ކޯޓަށް ހާޒިރު ނުވެ، ގައުމު ދޫކޮށް ދާއިރު ވެސް އެކަށިގެންވާ ފިޔަވަޅުތައް ނޭޅޭ ކަމަށެވެ.

އޭގެ އިތުރުން ދަރަނި ދެއްކުމުގެ ގާބިލުކަން ނެތްއިރު ވެސް ދަރަނިވެރިޔާ އިފްލާސް ކުރުމުގެ ބަދަލުގައި އެ ފަރާތްތަކުގެ މައްޗަށް އަރަނިވެރިން ފުލުފުލުގައި ފައިސާ ހޯދުމަށް ދައުވާކޮށް ހުކުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ފަދަ ފަރާތްތައް ބަންދުކޮށް ޖަލަށްލަމުންދާ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުނު ނަމަވެސް އެފަދަ މީހެއް ހައްޔަރުކޮށް، ބަންދު ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީން ބަޔާން ކޮށްފައިވީ ނަމަވެސް ކަނޑައެޅިގެން އަސާސީ ހައްގާއި ހިލާފަށް ކޯޓުތަކުން އަމަލު ކުރަމުންދާ ކަމަށެވެ. އަދި ހަރުދަނާ އިފްލާސްކުރުމުގެ ނިޒާމެއް ތައާރަފް ވުމުން ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އަރަނިވެރިޔާ އިފްލާސްވުމުގެ މަރުހަލާތައް ކަނޑައްތުކޮށް ނިމުމުން އަނެއްކާ ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް