ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 10:50
ބަޖެޓު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް
ބަޖެޓު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް
ރައްޔިތުންގެ މަޖިލިސް
ބަޖެޓު 2021
ބަޖެޓު ކޮމިޓީގެ މަސައްކަތް މިއަދަށް ނިންމުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި
 
ބަޖެޓަށް ބަހުސްކޮށް ނިންމާލާފައިވަނީ މިދިޔަ ބުދަ ދުވަހު

އަންނަ އަހަރަށްލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަމުންދާ ބަޖެޓު ކޮމިޓީގެ މަސައްކަތް ނިންމާ، ކޮމިޓީ ރިޕޯޓު މިއަދު ތަޅުމަށް ފޮނުވާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮމިޓީގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ބަޖެޓު ކޮމިޓީގެ މަސައްކަތްތައް ނިންމުމަށް އެންމެ ފުރަތަމަ ނިންމީ މި މަހުގެ 19 ވަނަ ދުވަހަށެވެ. އެހެންނަމަވެސް، ހުރިހާ މެމްބަރުން ބަޖެޓަށް ބަހުސްކޮށް ނިމުމުން މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ބަޖެޓާއި ގުޅިގެން މެމްބަރުން ފާހަގަކުރައްވާ ކަންކަން ކޮމިޓީއަށް ފޮނުވަން ޖެހޭތީ އެވެ.

ބަޖެޓަށް ބަހުސްކޮށް ނިންމާލާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ކޮންމެ މެމްބަރަކަށް ވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތެއް ލިބިގެންދިޔަ އެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތެއް ވެސް ލިބިގެންދިޔަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
50%
0%
50%
0%
0%
ކޮމެންޓް