ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 10:54
އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ
އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ
ގާފު އޮންލައިން
ދޯންޔެއްގައި ރޯވުން
އަލިފާނުގެ ހާދިސާގައި ތިނަދޫ އިިން ފިހުނު އެންމެންގެ ހާލު ރަނގަޅު: ހޮސްޕިޓަލް މެނޭޖަރ
އެކަކުގެ ހަށިގަނޑުގެ 50 އިންސައްތަވަނީ ފިހިފަ
އަނެއް ތިންމީހުންގެ ހަށިގަނޑު ފިހިފައިވަނީ ވަރަށް ކުޑަކޮށް
ބޮޑަށް ލަފާކުރެވެނީ ގޭސް ފުޅިން ގޭސް ދޫވެފައިވާ ވަގުތެއްގައި ލައިޓަރ އެޅުމުގެ ސަބަބުން ތަނުގައި ރޯވީ
މިހާދިސާ ހިނގާފައިވަނި ހޯމަ ވިލޭރޭ 12:15 ހާއިރު

ގދ. ތިނަދޫ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޑރ.އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަތަރު މީހުން ފިހިފައިވާއިރު، އެކަކުގެ ހަށިގަނޑުގެ 50 އިންސައްތަވަނީ ފިހިފައި ކަމަށާއި އަނެއް ތިންމީހުންގެ ހަށިގަނޑު ފިހިފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ހަތަރު މީހުންވެސް މިހާރު ރަނގަޅުކަމަށާއި މިހާރުވެސް ފަރުވާ ދެމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް ބޮޑަށް ލަފާކުރެވެނީ ގޭސް ފުޅިން ގޭސް ދޫވެފައިވާ ވަގުތެއްގައި ލައިޓަރ އެޅުމުގެ ސަބަބުން ތަނުގައި ރޯވީ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނި ހޯމަ ވިލޭރޭ 12:15 ހާއިރު އެވެ. އަދި ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ ފިހުނު މީހުން ހޮސްޕިޓަލް އަށް ގެނެވިފައިވާ ކަމަށް ސައިދު ވިދާޅުވި އެވެ.

- ކޮމެންޓް