ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 03:40
ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލިންގ ނަގަމުންދަނިކޮށް
ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލިންގ ނަގަމުންދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 30 މީހުން
ރާއްޖެއިން މިހާތަނަށް 11،599 މީހުން ވަނީ މިބަލިން ރަނގަޅުވެފައި
ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިން

ފާއިތުވެދިޔަ 24 ގަޑީއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 1،763 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 30 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށާއި، އަދި 3 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިން/ ރިސޯޓު ތަކުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިން ކަމަށާއި، އަދި 8 މީހުންނަކީ ބިދޭސީން ކަމަށެވެ.

އިތުރު 30 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12،608 އަށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 956 އެވެ.

ރާއްޖެއިން މިހާތަނަށް 11،599 މީހުން މިބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި 46 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް