Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 19:00
ފުލުހުންގެ މައިއިދާރާ
ފުލުހުންގެ މައިއިދާރާ
މުހައްމަދު ޝަރުހާން
ފުލުހުން
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ހުށަހެޅިފައިވަނީ 3752 މައްސަލަ
ފުރަތަމަ ތިން މަސް ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 1001 މީހުން

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ތެރޭ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މަދުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހުސާބްތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަސްދުވަސްތެރޭގައި 4487 މައްސަލައެއް ހުށަހެޅިފައިވާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ހުށަހެޅިފައިވަނީ 3752 މައްސަލައެވެ. އަދި ފުލުހުންނަށް ހުށަހެޅުނު އެކިއެކި މައްސަލަތަކާއި ގުޅިގެން 1283 މީހަކު ފާއިތުވި އަހަރުގެ ތިން މަސްދުވަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 1001 މީހެކެވެ.

ފާއިތުވި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހުގެ ނިޔަލަށް ޖުމްލަ 4487 މައްސަލައެއް ހުށަހެޅިފައިވާއިރު މި މައްސަލަތަކުގައި ތެރޭގައި ހިމެނެނީ މާރާމާރީގެ 194 މައްސަލައަކާއި ވައްކަމުގެ 1108 މައްސަލައަކާއި ފޭރުމުގެ 240 މައްސަލައެކެވެ. އަދި މަސްތުވާތަކެތި 613 މައްސަލައަކާއި ޖިންސާ އަނިޔާކުރުމުގެ 135 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާގެ 77 މައްސަލައަކާއި ޓްރެފިކް އެކްސިޑެންޓްގެ 691 މައްސަލައަކާއި ފޯޖަރީގެ 46 މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލައެއް ހިމެނެ އެވެ.

ހަމައެއާއެކު ހިޔާނާތުގެ 120 މައްސަލައަކާއި ޗެކް ބައުންސްގެ 76 މައްސަލައަކާއި ގެއްލިގެން ހޯދާ ތަކެތީގެ 484 މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ 638 މައްސަލައެއް މި މުއްދަތު ތެރޭގައި ހުށަހެޅިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާލައިރު މާރާމާރީގެ 174 މައްސަލައަކާއި ވައްކަމުގެ 708 މައްސަލައަކާއި ފޭރުމުގެ 160 މައްސަލައަކާއި މަސްތުވާތަކެތީގެ 545 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ޖިންސީ އަނިޔާކުރުމުގެ 103 މައްސަލައަކާއި ގެވެށި އަނިޔާގެ 87 މައްސަލައަކާއި ޓްރެފިކް 559 މައްސަލައަކާއި ފޯޖަރީގެ 16 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވެއެވެ.

މީގެއިތުރުން މި މުއްދަތުގެ ތެރޭގައި މުދަލަށް ގެއްލުން ދިނުމުގެ 122 މައްސަލައަކާއި ހިޔާނާތުގެ 156 މައްސަލައަކާއި ޗެކް ބައުންސް 51 މައްސަލައަކާއި ގެއްލިގެން ހޯދާތަކެތީގެ 412 މައްސަލައަކާއި އެހެނިހެން 659 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް